ފަރެސްމާތޮޑާގައި އަލަށް އިމާރާތް ކުރާ މިސްކިތާއި މިހާރު ހުރި މިސްކިތްތަކުގެ ހާލަތާއި ގުޅޭ ގޮތުން ޑރ.ޝަހީމް މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ފަރެސްމާތޮޑާގައި އަލަށް އިމާރާތް ކުރާ މިސްކިތާއި މިހާރު ހުރި މިސްކިތްތަކުގެ ހާލަތާއި ގުޅޭ ގޮތުން  ޑރ.ޝަހީމް މަޝްވަރާކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގދ. ފަރެސްމާތޮޑާ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޝްރަފް ރަޝީދުގެ އިތުރުން ފަރެސްމާތޮޑާ ކައުންސިލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ގދ. ފަރެސްމާތޮޑާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުންނާއި މިހާރު އެރަށުގައި ހުރި މިސްކިތްތަކުގެ ހާލަތާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން އިމާމުންނާއި ގުޅޭ ބައެއްކަންކަމާއި މެދުވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން