ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ!

ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެޙޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަަޒުންނެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށެވެ. މި ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައިި ހިމެނެނީ ކީރިތި ޤުރުއާން ފަރިިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކު: https://docs.google.com/forms/d/e/1FAIpQLSeAfgen1TzrsvoaxSgd5cwOl9LiwLFGlPRGrQHhFIi3Sw-r4Q/viewform

މިއަދު އޮންލައިން