ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ހިންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ހިންގައިފި

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސްކޭމް އެވެއާނަސް ސެޝަންތަކެއް ހއ.ގައި ފަށާފަވާއިރު ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 14ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ.

މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށެވެ، އެގޮތުން، ސްކޭމް އިން ރައްކާތެރިވާނެ ގޮތްތަކާ ކިޔައިދީފައިވެއެވެ. އަދި ކޮންމެ މީހަކު ވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށާއި އަތުގައި އޮންނަ ސްމާޓް ފޯނު، ޓެބްލެޓް ނުވަތަ ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓޫ ފެކްޓަރ އޮތޮންޓިކޭޝަން ފަދަ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދުދީފައިވެއެވެ.

ހއ. އަތޮޅަކީ އެންމެ ކުށްމަދު އަތޮޅަށް ހެދުމަށް މިފަދަ އެވެއާނަސް ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެކަމަށް މި ޕްރޮގްރާމުގައި، ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހއ. އަތޮޅު ކައުންސިލާއި އަތޮޅުގެ ރަށު ކައުންސިލުތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ސްކޭމްގެ މައްސަލަތަކުން ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން