މިފެށޭ ޖުލައިމަހުން ފެށިގެން ޙާފިޡުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަނީ-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިފެށޭ ޖުލައިމަހުން ފެށިގެން ޙާފިޡުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަނީ-

ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޙާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސޯޝަލްމީޑިއާގައި ރައީސް ޢާންމުކުރެވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއްކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި މިހާރަށްވުރެ ގިނަ ޙާފިޡުން އުފެއްދެންޖެހޭނެކަމާއި އެކަމަށް އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. 

ޙިފްޛްކުރާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގާ ކްލާސްތައް މިސަރުކާރުގައި ވަނީ އިތުރުކޮށްފައެވެ. އިތުރު ތަފާތު ޕްރޮގްރާމްތައްވެސް ގެންދަވަނީ ހިންގަވަމުންނެވެ. އަދި ޙާފިޡުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތައް ގެންދަވާނީ އިތުރުކުރައްވަމުން ކަމުގެ ޔަޤީންކަން އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދެއްވައިފައެވެ.

 

މިއަދު އޮންލައިން