ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ ބޭކަލަކު ނިޔާވުމާގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ ބޭކަލަކު ނިޔާވުމާގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ދިވެހި ސިފައިންގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

މިއަދު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު މި ދުނިޔެއާ ވަކިވެގެން ދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ. އަދި މަރުޙޫމް ޢަލީ ޙާމިދަކީ ދިވެހި އަސްކަރިއްޔާއަށް 27 އަހަރު ވަންދެން ޝަރަފުވެރިކަމާއެކު ޚިދުމަތްކުރެއްވި ބޭކަލެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓްގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، މަރުޙޫމް ޢަލީ ޙާމިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ވެސް ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ޢާއިލާއާއި މުއައްސަސާއާއެކު މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މަރުޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވަނީ އެނގިފައެވެ. އޭގެ ތެރެއިން ނިޔާވެފައިވަނީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އެކަންޏެވެ. 

މިއަދު އޮންލައިން