60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ. މި ލޯގޯ ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލާފައިވަނީ، ޕީއެސްއެމް ނިއުސް ރޭގަނޑު 8:00 ޚަބަރު ތެރެއިންނެވެ.

މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާނެ ރަސްމީ ލޯގޯއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މި މަހުގެ ކުރީކޮޅު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިއެވެ. އެގޮތުން ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭންޖެހޭ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިނިވަން-60 ލޯގޯއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަޤާފަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢާއިޝަތު ޙަމްލާ ވިދާޅުވީ، "މި ފުރުސަތު ހުޅުވާލުމާއެކު ގާތްގަނޑަކަށް 30 ހުށަހެޅުން ލިބިގެން ދިޔަ" ކަމަށެވެ.

 

މިއަދު އޮންލައިން