ގޮންޖެހުންތަކަށް ކުރިމަތިލައި އަރައިގަތުން: ސްޓެލްކޯގެ މުވައްޒިފުންނަށް ލިބިގެންވާ ޚާއްޞަ ސިފައެއް!: އެމްޑީ ޙުސައިން ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
ގޮންޖެހުންތަކަށް ކުރިމަތިލައި އަރައިގަތުން: ސްޓެލްކޯގެ މުވައްޒިފުންނަށް ލިބިގެންވާ ޚާއްޞަ ސިފައެއް!: އެމްޑީ ޙުސައިން ފަހުމީ

ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލައި އަރައިގަތުމަކީ ސްޓެލްކޯގެ މުވައްޒިފުންނަށް ލިބިގެންވާ ޚާއްޞަ ސިފައެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ފަހުމީ މިމޭރުމުން ވިދާޅުވީ ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ފަހުމީގެ ވާހަކަފުޅުން: 

އަޅުގަނޑު އަބަދުވެސް ގަބޫލުކުރާކަމެއް، ސްޓެލްކޯއާއި ސްޓެލްކޯގެ މުވައްޒިފުންނަށް ލިބިގެންވާ ހާއްސަ ސިފައެއް ގޮންޖެހުންތަކުން އަރައިގަތުމުގެ ސިފަ. ގޮންޖެހުމަކާ ދިމާވީމާ އެ ގޮންޖެހުމަކުން އަރައިގަތުމުގެ ސިފަ. އެއީ ކަރަންޓު ކެނޑުނުކަމުގައި ވިޔަސް، އިންޖީނަށް ކަމެއް ދިމާވި ކަމުގައި ވިޔަސް އަދި ފެނުގެ ކާރިސާއެއް ހިނގި ކަމުގައި ވިޔަސް، އަދި ޤައުމަށް ނިކަމެތިކަމެއް ދިމާވެ ބަޖެޓް ތާށިކަމެއް ދިމާވެ ޚަރަދު ކުޑަކުރަން ޖެހުންކަމުގައި ވިޔަސް އެކަން މިއަދު ފެނިގެން މިދަނީ. 

އަޅުގަނޑުމެންގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނި މެނޭޖްމެންޓުން ނިންމީ ދަތިތަކާއެކުވެސް އެފިޝިއެންޓް ކުރުން ކަމުގައިވިޔަސް އަޅުގަނޑުމެންގެ މިކުރާ މަސެއްކަތް ހުއްޓާލައިގެން ނުވާނެއޭ. އެއީ އަޅުގަނޑުމެން މިދޭ ޤައުމީ ޚިދުމަތް ހުއްޓާލައިގެން ނުވާނެއޭ. މިދޭ ޚިދުމަތް އަޅުގަނޑުމެންނަށް ދެވޭނީ މުވައްޒިފުން ޓްރެއިން ކޮށްގެން. މުވައްޒިފުން އެކަތިގަނޑަކަށް ހަދައިގެން އެއީ މިފަދަ ޓްރެއިނިންގް ޕްރޮގްރާމެއް އެކުލަވާލާ ހިންގުމުގެ އެންމެ ބޮޑު މަޤްޞަދަކީ. 

އެހެންމަ ބަޖެޓް އެހާ ބޮޑަށް ތަން ނުދިން ކަމުގައި ވިޔަސް އަޅުގަނޑުމެން އިންހައުސްކޮށް ޓްރެއިނިންގް ޕްރޮގްރާމް ފެށީމަ މީގެ މާ އެފިޝިއެންޓްކޮށް މާ އިފެކްޓިވްކޮށް އަޅުގަނޑުމެންނަށް ޚަރަދު ކުޑަކޮށް މާ ރަނގަޅު ތަމްރީނުތަކެއް ދެވޭނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. އެހެންމެ މި ދެންނެވީ މިފަދަ ގޮންޖެހުމެއް ދިމާވީމާ ދެން އަޅުގަނޑުމެން މި ނިންމީ ގޮންޖެހުމުން އަރައިގަންނަން. އަރައިގަނެގެން އަޅުގަނޑުމެން އެއަށްވުރެ އެފިޝިއެންޓް ކޮށް އެއަށްވުރެ ރަނގަޅަށް މިކަންތައް ކުރަން. އެހެންމަ ކުންފުނީގެ މެނޭޖްމަންޓުން މިފަދަ ނިންމުމެއް ނިންމާ، އެޗް.އާރް އިން ތަންފީޒް ކުރެއްވީތީ އަޅުގަނޑު ހަމަ މެނޭޖްމަންޓަށާ އަދި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. 

ފަރުހާދު ވަރަށް ގިނައިން ދައްކަވައިފި ނޮލެޖްގެ ވާހަކަ. އަޅުގަނޑަށްވެސް ހަމަ ޤަބޫލު ކުރެވެނީ ހަމަ އެ ދެއްކި ވާހަކަ ރަނގަޅު ކަމަށް. އެހެންނަމަވެސް އަޅުގަނޑުގެ ޑެފިނީޝަން އަކީ ނޮލެޖްއަކީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންކުރާ އެއްޗެކެވެ. ނޮލެޖަކީ އަސްލުގަ ގޮންޖެހުންތަކަށް އަރައި ނުގަންނަންޏާ އެ ނޮލެޖް ނެތީ. އެހެންމަ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެންގެ ކުންފުނީގަވެސް އަޅުގަނޑުމެންގެ މުވައްޒިފުންގެވެސް އެ ޤާބިލްކަން އެބަހުއްޓެވެ. ކޮންމެ ކަމެއް ދިމާވެއްޖެއްޔާވެސް ހަމަ އަރައިގަތުމޭ، އެ ޤާބިލްކަން އެބަހުއްޓޭ. 

އަޅުގަނޑު ސެޓްފިކެޓް ލިބުނު ހުރިހާ ބޭފުޅުންނަށް ބަލައިލާ އިރުގައި އަޅުގަނޑަށް ހަމަ ޔަޤީން 50 އިން މަތީގެ އެއްވެސް ބޭފުޅަކު ނެތް ތީގެތެރޭގަ.

މިއަދު އޮންލައިން