ހިޖުރީ އައު އަހަރުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ހިޖުރީ އައު އަހަރުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ހިޖުރީ އައު އަހަރު 1445 ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މެޑަމް ސާޖިދާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

އެ ޕޯސްޓުގައި މެޑަމް ސާޖިދާ ވަނީ "އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާށި. ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވާށި. އާމީން" މިފަދައިން ދުޢާ ކުރައްވާފައެވެ.

 

މިއަދު އޮންލައިން