ޒުވާނުންގެ ހޮޅުއަށީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޒުވާނުންގެ ހޮޅުއަށީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "ޒުވާނުންގެ ހޮޅުއަށި" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

މި ބައްދަލުވުމަކީ ފުރާވަރު ކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި "ޔޫތު ޕޮލިޓިކަލް ޕާޓިސިޕޭޝަން" މި މައުޟޫއަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހޮޅުއަށީގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. ހާއްސަކޮށް ޒުވާނުންގެ ވަޒީފާގެ ދަތިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 8:30 އިން އެރޭ 10:00 އަށެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިފަދަ ބައްދަލުވުންތަކަކީ ޒުވާނުންގެ އަޑު އުފުލުމަށާއި، އެފަރާތްތަކަށް ދިމާވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން