އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރަފުށީގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރަފުށީގައި ފަށައިފި

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ފިޔަވަޅެކެވެ.

ޑީއެންއާރުން މަޢުލޫމާތު ދެއްވިގޮތުގައި، ހޯރަފުށީގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި ސިޔާސަތުގެ ދަށުން މިހާތަނަށް 23 ރަށެއްގައި މި ޚިދުމަތް ޤާއިމުކޮށްފައިވާ ކަމަށް ޑީއެންއާރުން ހާމަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ އަމާޒެކެވެ. މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން