ސޭޝެލްސްގެ ރައީސަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސޭޝެލްސްގެ ރައީސަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އެ ޤައުމުގައި މިނިވަންދުވަސް އިޙުތިފާލުކުރަމުންދާނީ އުފާވެރިކަމާއި އެއްބައިވަންތަކަމާއެކުގައިކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ސޭޝެލްސްގެ ގުޅުން، ސާބިތުކަންމަތީ ދެމެހެއްޓެވުމުގެ އަޒުމުގައި ދެމިހުންނެވިކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް ރާމްކަލާވަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެ ޤައުމުގެ ޒަމާންވީ ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިޔާ ކަނޑުގެ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެކުގައި ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، މިއަދުގެ މުނާސަބަތަކީ، ސޭޝެލްސްގައި އެއްބައިވަންތަކަމާއި ކުރިއެރުން އިތުރަށް ފަހިކޮށްދޭ މުނާސަބަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ސޭޝެލްސް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން