ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އާބާދީ އެންމެ ބޮޑު ސަރަހައްދުކަމުގައި ރެއިޑް އޮޕްރޭޝަން ކުރިއަށް ގެންދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އާބާދީ އެންމެ ބޮޑު ސަރަހައްދުކަމުގައި ރެއިޑް އޮޕްރޭޝަން ކުރިއަށް ގެންދަނީ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަހައްދުތަކުގައި ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ސަރަހައްދުގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ އާބާދީ ބޮޑެތި ސަރަހައްދުތަކުގައެވެ. މިގޮތުން ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ސަރަހައްދު ކަމުގައިވާ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 83 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި އޮޕަރޭޝަންތަކުގެ މުހިންމު މަޤްޞަދެކެވެ.

އިމިގްރޭޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި، އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަހައްދުތަކަށް އަމާޒުކޮށްގެން ފަށާފައިވާ މި އޮޕަރޭޝަންތައް މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ގޮންޖެހުމަކަށް ވެފައިވާ މި މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތަކަކީ، ކުރީގެ އެއްވެސް ސަރުކާރަކުން މިފަދަ މިންވަރަކަށް މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން