މި އަހަރު 13 މިސްކިތާއި ޤުރުއާނާއި ބެހޭ މަރުކަޒެއްގެ އިތުރުން އިސްލާމިކް ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވޭ: އިސްލާމިކް މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މި އަހަރު 13 މިސްކިތާއި ޤުރުއާނާއި ބެހޭ މަރުކަޒެއްގެ އިތުރުން އިސްލާމިކް ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވޭ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 13 މިސްކިތާއި، ޤުރުއާނާއި ބެހޭ މަރުކަޒެއް އަދި އިސްލާމިކް ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަމަކީ މި ސަރުކާރުން އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ.

ވުޒާރާއިން ދިން މައުލޫމާތުތަކަށް ބަލާއިރު، މިއަހަރު ހުޅުވުމަށް ނިންމާފައިވާ މި ތަންތަން ހުޅުވުމުގެ ތާރީޚުތަކެއްވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު މި މަހުގެ 15ގައި ހުޅުވުމަށް ނިންމާފައިވާއިރު، އދ. ދިގުރަށުގެ މިސްކިތާއި ތ. ދިޔަމިގިލި މިސްކިތް މިމަހު 30ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގައި ހުޅުވުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އެ ސިޓީގެ ގުރުއާނާއި ބެހޭ މަރުކަޒު އޮގަސްޓް 1ގައި ހުޅުވާއިރު، އައްޑޫ ސިޓީގެ މަރަދޫ މިސްކިތް އޮގަސްޓް 15ގައި ހުޅުވަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ނ. މަނަދޫ މިސްކިތްވެސް މިއަހަރު ހުޅުވުމަށް ވަނީ ކަނޑައަޅާފައެވެ.

ސެޕްޓެމްބަރު މަހު ހުޅުވުމަށް ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ޅ. ކުރެންދޫ މިސްކިތް ސެޕްޓެމްބަރު 1ގައި ހުޅުވާއިރު، ފުވައްމުލައް ދޫޑިގަން މިސްކިތް ސެޕްޓެމްބަރު 3ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި ލ. ގަން ތުނޑީ މިސްކިތް ސެޕްޓެމްބަރު 15ގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

އަހަރުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި، އއ. ހިމަންދޫ މިސްކިތް ނޮވެމްބަރު 5ގައި ހުޅުވުމަށް ނިންމާފައިވާއިރު، ސ. މީދޫ މިސްކިތް ނޮވެމްބަރު 30ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. އަހަރުގެ އެންމެ ފަހު ދުވަހު، ޑިސެމްބަރު 31ގައި ތ. ކަނޑޫދޫ މިސްކިތާއި ވަންދޫ މިސްކިތް ހުޅުވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތަކާއި އިތުރު މިސްކިތް ބިނާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. 

މިއަދު އޮންލައިން