އެޗް.ޕީ.ވީ ވެކްސިން މާލެ ސަރަހައްދުގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެޗް.ޕީ.ވީ ވެކްސިން މާލެ ސަރަހައްދުގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ދީފި

އެޗް.ޕީ.ވީ ވެކްސިން މާލެ ސަރަހައްދުގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާ އާއި ގުޅިގެން ރޭވުނު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިން ތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެކެވެ.

އެގޮތުން ޖޫން މަހުގައި ބޭއްވި މި ހަރަކާތުގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ހިމެނެއެވެ.

އެޗް.ޕީ.ވީ ވެކްސިންއަކީ 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދެވޭ ވެކްސިންއެކެވެ. މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ ކެންސަރ ތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެޗް.ޕީ.ވީ ފެތުރުން މަދުކުރުމަށް ވެކްސިން ޖަހާ އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން