މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިނީ މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ. 

މި މައްސަލަ ފުލުހުން ގެންދާނީ ތަހުގީގުކުރަމުންނެވެ.

މިއަދު އޮންލައިން