ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު: މިނިސްޓަރ ޑރ. މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު: މިނިސްޓަރ ޑރ. މުއްޠަލިބް

ރައްޔިތުންނާ ގާތުން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ހިއްސާކުރުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި، ދައުލަތުން ދޫކުރާ ލޯނުތައް ރައްޔިތުންނަށް ލުއިފަސޭހަ އަދި ދައްކަން ފަސޭހަ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ މަޤްސަދަކީ އިމާރާތްކޮށް، އެއަށް ސަބްސިޑައިޒްކޮށްގެން، އެފޯޑަބަލް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ، އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. އެ އުސޫލުން 5 އިންސައްތަ ޕްރޮފިޓްގައި ލޯނު ސްކީމްތައް ހިންގަވާ ކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. "ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު. އެ އުސޫލުން  5 ޕަސެންޓް ޕްރޮފިޓްގަވެސް އަޅުގަނޑުމެން ލޯނު ސްކީމް މިހިންގަނީ،" މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން