އޭ.ޑީ.ބީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އޭ.ޑީ.ބީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރީޖަނަލް ހެޑް، މިސްޓަރ ތިއާމް ހީ ންގް އަދި ސީނިއަރ އިކޮނޮމިސްޓް، މިސް އެލިސަބެތާ ޖެންޓިލްއާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮފީހުގައެވެ.

މި ބައްދަލުވުމުގައި، އޭ.ޑީ.ބީ.ގެ ހިލޭ އެހީގެ ދަށުން މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ބޮޑަށް މަޝްވަރާކުރެވުނީ އާ ހަކަތަޔާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނެވެ.

ޚާއްސަކޮށް، ރާއްޖެއަށް އާ ބާރުގެ ހަކަތަ (ރީނިއުވަބަލް އެނަރޖީ) ތަރައްޤީ ކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނެވެ. މި މަޝްވަރާތަކުން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން