މާލޭގެ ދިލްބަހާރު މަގުން 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާލޭގެ ދިލްބަހާރު މަގުން 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަންގެ ޓާސްކްފޯސްއަށް ލިބިފައިވާ ގިނަ އަދަދެއްގެ ރިޕޯޓުތަކާ ގުޅިގެން، މާލޭގެ ދިލްބަހާރުމަގުގައި ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބުދަދުވަހު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ ދިލްބަހާރު މަގުގައި ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރާ ކަމަށާއި، ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ކަމަށް އެ އިދާރާގެ ޓާސްކްފޯސްއަށް ގިނަ ރިޕޯޓުތަކެއް ލިބިފައިވާތީ ކަމަށެވެ.

މިއޮޕަރޭޝަންގެ ތެރެއިން ބަލައިފާސްކުރެވުނު ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.

އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދާ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން، ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީވެސް މިފަދަ އޮޕަރޭޝަންތަކުގެ މުހިންމު މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު އޮންލައިން