މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުގައި ދަތުގެ ފަރުވާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ: ސީއީއޯ ޙަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުގައި ދަތުގެ ފަރުވާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ: ސީއީއޯ ޙަލީމް

ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސް "ހިނިތުން 2025" ފެށިގެން ދިޔަ ރަސްމިއްޔާތުގައި، މާލޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އިބްރާހީމް ޢަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރު، މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުގައި ދަތުގެ ފަރުވާ ފުޅާކުރުމަށް ބޭނުންވާ ފެސިލިޓީއާ އިންސާނީ ވަސީލަތްވެސް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި ކޮންފަރެންސް ފަށައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ސީއީއޯ ޙަލީމް އިތުރަށް ވިދާޅުވީ، މި ވޭތުވެދިޔަ ދޮޅު އަހަރު، މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުގައި ދަތުގެ ފަރުވާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަދި އިތުރު ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ. މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުން ދެމުންދާ ދަތުގެ ފަރުވާ އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޙަލީމް ވިދާޅުވިއެވެ.

"ހިނިތުން 2025" ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސްކަން ފާހަގަކޮށްލެވެއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސީއީއޯ ޙަލީމް ވިދާޅުވީ، ކޮންފަރެންސްގައި ކަމާ ގުޅުންހުރި އެހެނިހެން މެޑިކަލް ދާއިރާތަކުގެ އެކްސްޕަރޓުންވެސް ބައިވެރިވާ ކަމަށެވެ. މީގެ ބޭނުމަކީ، މުޅި ސިއްޙީ ނިޒާމު ގުޅި ލާމެހި، ވަށާޖެހޭ ސިއްޙީ ޚިދުމަތުގެ ނިޒާމަކަށް މަގުފަހިކުރުން ކަމަށް ޙަލީމް ރައްޒާގު ވިދާޅުވިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއް ރައްޒާޤް ޙަލީމް އަދި ދާއިރާގެ އެކްސްޕަރޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޮންފަރެންސަކީ ރާއްޖޭގެ ދަތުގެ ފަރުވާއަށް އާ ކުރިއެރުންތަކެއް ގެނެސްދޭނެ ކޮންފަރެންސެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން