ރިހިވެލި ކަނޑުއޮޅި ކައިރިން އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ރިހިވެލި ކަނޑުއޮޅި ކައިރިން އަޑިއަށްދިޔަ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިހިވެލި ކަނޑުއޮޅި ކައިރިއަށް ޖުލައި 10ވަނަ ދުވަހު އަޑިއަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. ވުމާއެކު، އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް އެދިފައި ވެއެވެ.

މިއަދު އޮންލައިން