ޑރ. އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޑރ. އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ދަންނަވައިފި

ރާއްޖޭގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޑރ. އިބްރާހީމް މުޞްޠަފާ ރޭ އިންޑިއާގައި އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައި ތަޢުޒިޔާ ދަންނަވައިފައެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، "ޑޮކްޓަރ އިބްރާހީމް މުޞްޠަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމްގެ ޢާއިލާއަށް ވަރަށް ފުން ހިތާމަޔާއެކު ތަޢުޒިޔާ ދަންނަވަން އަދި މަރުޙޫމް އިބްރާހީމް މުޞްޠަފާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކުރައްވާށިއެވެ! އާމީން" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. އިބްރާހިމް މުޞްޠަފާއަކީ ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމުތަކުގައިވެސް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވީ ރޭގެ ވަގުތެއްގައި އިންޑިއާގައެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

 

މިއަދު އޮންލައިން