މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ވަކިވަކި ގަޑިތަކަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. މިކަމަށް އާންމުން ސަމާލވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މިއީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން ދިމާވާ ކަމެކެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މާލެ ސިޓީގެ ނިކަގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެއެވެ. މި ސަރަހައްދުތަކުގެ ރައްޔިތުން މިކަމަށް ތައްޔާރުވެ، ކުރިއާލާ ފިޔަވަޅު އެޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮފައެވެ.
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސްމަގު ގޯޅި އެކެއް އަދި ދޭއް، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި ދޭއް އަދި ތިނެއް، އަދި ދުނބުރިމަގު ހިމެނޭ ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުން އެކަށީގެންވެއެވެ. ހުޅުމާލޭގެ މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދުގައެވެ.