ރާއްޖޭގެ ތަރައްޤީގެ ކަންކަމަށް ހާއްސަ އިސްކަމެއްދެއްވައި އެހީތެރިވެދިނުމުމަށް މިތިބީ ތައްޔާރަށް: އޭޑީއެފްޑީ ޑިރެކްޓަރ ޖެނެރަލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރާއްޖޭގެ ތަރައްޤީގެ ކަންކަމަށް ހާއްސަ އިސްކަމެއްދެއްވައި އެހީތެރިވެދިނުމުމަށް މިތިބީ ތައްޔާރަށް: އޭޑީއެފްޑީ ޑިރެކްޓަރ ޖެނެރަލް

ނ. މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އެ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންކަމަށް ހާއްސަ އިސްކަމެއްދެއްވައި އެހީތެރިވެދިނުމުގައި، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް އަބަދުވެސް ތިއްބެވިކަމަށެވެ. 

"މި އެއަރޕޯޓަކީ ދިވެހިރާއްޖޭގެ ގުޅުންތައް ވަރުގަދަކޮށް، ފަތުރުވެރިކަން ކުރިއަރުވައި، ވިޔަފާރި ފަސޭހަކޮށްދިނުމުގެ އިތުރުން، މުޅި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ހެއްކެއް،" އަލް ސުވައިދީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ތަރައްޤީއާ ބެހޭގޮތުން މުހިއްމު ބަސްފުޅެއް ވިދާޅުވެފައެވެ. "‏ތަރައްޤީ އަކީ ހަދިޔާއެއް ނޫން. ތަރައްޤީ އަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ޒިންމާއެއް. ތަރައްޤީއަކީ ހިއްވަރާއި، ބުރަމަސައްކަތާއި، އޯގާތެރިކަމާއެކު ގުޅިގެން ހޯދޭ އެއްޗެއް". މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވީ މިއަދަކީ ނޫނު އަތޮޅަށް، އަދި ޚާއްސަކޮށް މާފަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ހުރިހާ ރިސޯޓްތަކަށާއި ގެސްޓް ހައުސް ހިންގަވާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން