މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު އެމްއެންޔޫއިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު އެމްއެންޔޫއިން ހުޅުވާލައިފި

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން، މިއަންނަ އޯގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ދާއިރާގެ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.

އެމްއެންޔޫއިން ވިދާޅުވީ، އޯގަސްޓް އިންޓޭކްގައި ހިންގުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ ދެ ކޯހެއް ކަމުގައެވެ. މި ކޯސްތަކަކީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށްދާނީ އެމްއެންޔޫ ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގެ ކެމްޕަހުގައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯސް ކުރިއަށްދާނީ އެމްއެންޔޫ މާލެ ކެމްޕަހުގައެވެ.

މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމުގައި ވާއިރު، މިދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ކޯސްތަކުގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

 

މިއަދު އޮންލައިން