ޖޫން މަހުގެ ނިޔަލަށް 14000 އަށް ވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޖޫން މަހުގެ ނިޔަލަށް 14000 އަށް ވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެއްޖެ!

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 14,000 އަށް ވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. 

އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މި ދަފްތަރުގައި 8 ގިންތިއެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މި ބައިން އެކަނިވެސް ޖުމްލަ 4,117 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި 1,818 އަންހެނުންނާއި 2,299 ފިރިހެނުން ހިމެނެއެވެ.

މަލްޓިޕަލް ޑިސްއެބިލިޓީ ހުރެގެން ޖުމްލަ 3,224 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ 1,134 އަންހެނުންނާއި 2,090 ފިރިހެނުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1,889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި 819 އަންހެނުންނާއި 1,070 ފިރިހެނުން ހިމެނެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1,793 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި 722 އަންހެނުންނާއި 1,071 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން، މި ދަފްތަރުގައި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1,745 ފަރާތެއް ހިމެނެއެވެ. މީގެ ތެރޭގައި 922 އަންހެނުންނާއި 823 ފިރިހެނުން ހިމެނެއެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 471 އަންހެނުންނާއި 532 ފިރިހެނުން ރަޖިސްޓްރީކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، މުޖުތަމައުގެ ތެރޭގައި ފުރިހަމައަށް ބައިވެރިވެ އުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަށްޓަކައި އެކި ޕްރޮގްރާމްތަކާއި ސިޔާސަތުތައް ވަނީ ހިންގަވާފައެވެ.

 

މިއަދު އޮންލައިން