ޢިބްރަތްތެރި ވާހަކަ: ހަމައެކަނި ފައިސާއަށްޓަކާ އަންހެންދަރިންދެކެ ލޯބިވާ މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޢިބްރަތްތެރި ވާހަކަ: ހަމައެކަނި ފައިސާއަށްޓަކާ އަންހެންދަރިންދެކެ ލޯބިވާ މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އެދެމަފިރިން ކައިވެނިކުރީ އަންހެން ކުއްޖާގެ ގޭގައި އުޅެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މަންމަ ބުނީ ރަނގަޅުވާނީ ވަކިން އުޅުން ކަމަށެވެ. ދެމަފިރިންނަށް ޖެހުނީ މުސާރައިން ކުލި ދެއްކޭވަރުގެ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެންފަށާށެވެ. 

އަންހެން ދަރިފުޅު ގެއިން ނުކުތުމާއިއެކު އަންގައިވެސް ނުލައި ގެއާއި މުދައު ފިރިހެން ދަރިފުޅަށް ހަދިޔާކުރިއެވެ. ދަރިފުޅުގެ މަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ލިބެމުން ދަނިކޮށެވެ. އެކަން އެނގުމުންވެސް އަންހެން ދަރިފުޅު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ދެމަފިރިން ގުޅިގެން މަސައްކަތްކުރީ އަމިއްލައަށް ތަނަވަސްކަން ހޯދުމަށެވެ.  

ހައަކަ އަހަރުގެ މަސައްކަތުން ބޭނުންވި ލަނޑުދަނޑި ޙާޞިލުކުރެވުނެވެ. ދެމަފިރިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅެވޭ ތަނަވަސް ދެމަފިރިން ކަމުގައިވެވުނެވެ. އެއިރު ބޭބެގެ މަސައްކަތްވަނީ ބަނގުރޫޓުވެފައެވެ. އެހެންވެ ބޭނެއަށާއި މަންމައަސްވެސް ދިއައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ބޭބެއަށް އެހީތެރިވެދީ މަންމައަށްވެސް އެހީތެރިވުމުގެ ބޭނުމުގައި އެކަށީގެންވާ ޢަދަދެއްގެ ފައިސާގެ އެހީއެއް ދޭން ނިންމައި ދެމަފިރިން އެގެއަށް ދިއައެވެ. ނަމަވެސް އިމްތިޙާނުކޮށްލުމުގެ ގޮތުން ހެދީ ދޮގެކެވެ. ބުނީ މިއައީ ވިޔަފާރި ބަނގުރޫޓުވެ ގެވިއްކާލަންޖެހިގެން އެގޭގައި މަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. 

އެހެން ބުނުމާއިއެކު ފުރަތަމަ ދެމަފިރިންނަށް ކީ މަރުޙަބާ ބަދަލުވެއްޖެއެވެ. ބުނީ އެގޭގައި ޖާގައެއް ނެތް ކަމަށެވެ. އެހެންވެ އެހެން ކޮންމެވެސް ގޮތެއް ހޯދައިގެން ދިރިއުޅުމަށެވެ. އެހެން ބުނުމުން ދެރަވެ އާދޭސްކުރުމުންވެސް އެބުނުން ބަދަލުނުކުރީމާ ދެމަފިރިން ވަރަށް ދެރަވެފައި ތިބިކަން ދައްކަމުން ގެއިން ނުކުމެގެން އައީއެވެ. 

ދެމަފިރިން ޑާތަން ބަލަން ދެމައިން ނުކުތްއިރު އެންމެ އަގުބޮޑު ކާރަކަށް ދެމަފިރިން އަރަނީއެވެ. އެހިސާބުން ހިތުގައި ޝައްކުތަކެއް އުފެދުނީމާ ދަރިފުޅުގެ ފޯނަށް ގުޅާފައި ވާހަކަ ދައްކާލަން އެނބުރި ގެއަށް ވަނުމަށް ބުނުމުން ދަރިފުޅު ބުނީ ދައްކާނެ އިތުރު ވާހަކައެއް މިވަޤުތު ނެތްކަމަށެވެ. މިހާރުވެސް އެހީތެރިކަން ލިބޭ މިންވަރަށް ލިބެމުންދާނެ ކަމަށެވެ. އެހެން ބުނެފައި ގެއަށް ދިއަ މަޤްޞަދު ކިޔައިދީފައި ބުންޏެވެ. "ދެން އެބައި އެނިމުނީއެވެ. މިދަރިފުޅު ދެކެ ލޯބިވާވެރު ވަރަށް ރަނގަޅަށް ދެވަނަ ފަހަރަށް އެނގުމުން ފުދިއްޖެއެވެ." 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައް ހިނގައިދިއަ ގޮތެވެ. މިފަދަ މައިންވެސް އަދި ޢާއިލާގެ މީހުންވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މަދެއް ނޫނެވެ. އަޅުގަނޑަކީވެސް ހަމަ މިފަދަ ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު އަންހެން ދަރިއަކީމެވެ. އެހެންވެ އެންމެންނަށްވެސް ޢިބްރަތަކަށް ފުދޭނެ ކަމަށް ހީކުރަމެވެ. ޚާއްޞަކޮށް އަންހެން ފިރިހެން ދަރިން ތަފާތކުރާ މައިންނަށެވެ!

 

ރިންޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން