ޙައްޖަށް ދިއުމަށް ޢާންމުން ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޙައްޖަށް ދިއުމަށް ޢާންމުން ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް

ޙައްޖަށް ދިއުމަށް ޢާންމުން ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ. މި ނިންމެވުން ނިކުތީ، ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭގޮތުން ހުށައެޅުނު މައްސަލައަކާ ގުޅިގެންނެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައަކަށް ރިއާޔަތްކުރުމަށް ފަތުވާ މަޖިލީހުން ނެރުއްވި ފަތުވާގައި ވަނީ، މި މައްސަލާގައި ޙައްޖު ކޯޕަރޭޝަނުން ދެއްވި މަޢުލޫމާތަކަށް ބިނާކޮށް މި ނިންމުން ނިންމާފައިވާ ކަމަށެވެ.

ފަތުވާ މަޖިލީހުގެ މެންބަރުންގެ ބައްދަލުވުމުގައި މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ. މި ފަތުވާއަކީ، ޙައްޖުގެ ކަންކަން ހިންގާ ސަރުކާރު ކުންފުނިން އެއްކުރާ ފައިސާއާ ގުޅޭގޮތުން ދީނީ ގޮތުން އޮޅުންފިލުވުމަށް އެދި ހުށައެޅުނު ސުވާލަކަށް ދެއްވި ޖަވާބެކެވެ.

މިއަދު އޮންލައިން