އއ. މާޅޮހުގައި ހިނގި މަރުގެ ހާދިސާއާއި ގުޅިގެން ރަށަށް އަރާފައިބާ މީހުން ފުލުހުން މޮނިޓަރ ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
އއ. މާޅޮހުގައި ހިނގި މަރުގެ ހާދިސާއާއި ގުޅިގެން ރަށަށް އަރާފައިބާ މީހުން ފުލުހުން މޮނިޓަރ ކުރަނީ

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު ފެނުނު އުމުރުން ދުވަސްވީ މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެން، އެ ރަށަށް އަރާ ފައިބާ މީހުން ދިވެހި ފުލުހުންގެ ޚިދުމަތުން މޮނިޓަރ ކުރަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހައިކަށްހާއިރުއެވެ. ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލާފައި ފެނުނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމެވެ. ފުލުހުން ވިދާޅުވީ، އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ކަމަށެވެ.

އަބްދުއްރަހްމާންގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު ދަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ރަށަށް އަރާ ފައިބާ މީހުން ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައާބޭހޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައި ނުވެއެވެ.

 

މިއަދު އޮންލައިން