މި އަހަރު ނިމުމުގެ ކުރިން މާތް ﷲ ގެ ވާގިފުޅާއިއެކު އުނގުރާފު، ހއ. ދިއްދޫ، ގދ. ތިނަދޫ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމު ކުރެވިގެންދާނެ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރޭ ހުޅުވި މާލެ އިސްލާމިކް ލައިބްރަރީ ކިޑްސް ކޯނަރ އަކާއި އިސްލާމިކް ބޭންކިނގއާއި އިސްލާމިކް ފައިނޭންސް ޚާއްޞަ ކޯނަރެއް ޤާއިމު ކުރެވޭނެ ކަމަށެވެ.
ރަސްމީ ގަޑިތަކުގެ އިތުރުން ހަވީރާއި ދެނަމާދު ދޭތެރެއާއެކު ރޭގަނޑު 9.30 ވަންދެން އިސްލާމިކް ލައިބްރަރީ މާލެ ގައި ހުޅުވުފައި ހުންނާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.