އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕެއިން: ހަތަރުވަނަ އުމްރާ ދަތުރު ޅ. ހިންނަވަރުގެ އީސާ އަލިފުޅަށް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕެއިން: ހަތަރުވަނަ އުމްރާ ދަތުރު ޅ. ހިންނަވަރުގެ އީސާ އަލިފުޅަށް

ދިވެހިރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު އެއް ޚިދުމަތްދޭ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ޚާއްސަ ކެމްޕެއިންގެ ހަތަރު ވަނަ ނަސީބުވެރި ފަރާތަކަށް ޅ. ހިންނަވަރުގެ އީސާ އަލިފުޅު ހޮވިފައިވާކަން، އުރީދޫއިން ވަނީ އުފަލާއެކު އިއުލާންކޮށްފައެވެ. އީސާއަށް މި ލަކީ ޑްރޯގައި ލިބިފައި ވަނީ މާތްވެގެންވާ އުމްރާ ދަތުރެކެވެ.

އުރީދޫއިން ހާމަކުރެއްވި ގޮތުގައި، އީސާ އަލިފުޅުގެ ފަރާތުން މި އިނާމާއި ހަވާލުވެފައިވަނީ އާމިނަތު ޝައްފާ އަބްދުالله ޝަފީއު އެވެ. މި ކެމްޕެއިން ކުރިއަށް ގެންދަނީ އުރީދޫ މޯލްޑިވްސްއަށް މިހާރު 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ކުންފުނިން ބުނީ، މި ކެމްޕެއިނަކީ އެކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

ކެމްޕެއިންގެ ތަފްސީލުތައް:

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ މި ޚާއްސަ ކެމްޕެއިނުގެ ދަށުން، ކޮންމެ 20 ދުވަހަކުން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާނެ ގޮތް:

މި ޚާއްސަ ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި އުރީދޫ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ:

އުރީދޫގެ މިހާރުގެ ކަސްޓަމަރުން: 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުމުން މި ލަކީ ޑްރޯއަށް ޝަރުތު ހަމަވާނެއެވެ.

އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން: ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުމުން މި ލަކީ ޑްރޯއަށް ޝަރުތު ހަމަވާނެއެވެ.

މި ލަކީ ޑްރޯއަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް ޝަރުތު ހަމަވާނެއެވެ.

މި 20 އަހަރުގެ ކުރު މުއްދަތުގައި އުރީދޫއިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕެއިނަކީ އުރީދޫގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވާ ކަސްޓަމަރުންނަށް ޝުކުރުވެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އުރީދޫއިން ވަނީ މި ކެމްޕެއިންގައި ބައިވެރިވެ، މާތްވެގެންވާ ހައްޖު އަދި އުމްރާގެ ފުރުސަތު ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ދައުވަތު އަރުވާފައެވެ.

 

 

މިއަދު އޮންލައިން