ޢިބްރަތްތެރި ވާހަކަ: މަންމައަށްވުރެ ހެޔޮ ދޮންމަންއެއް ލިބުނު ދެކުދިންގެ އުފާވެރި އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޢިބްރަތްތެރި ވާހަކަ: މަންމައަށްވުރެ ހެޔޮ ދޮންމަންއެއް ލިބުނު ދެކުދިންގެ އުފާވެރި އިޙްޞާޞްތައް-

އަޅުގަނޑުމެން ދެބެއިންގެ މަންމައާއި ބައްޕަ ވަކިވިއިރު އަޅުގަނޑުގެ ޢުމުރަކީ 12 އަހަރެވެ. ކޮއްކޮގެ ޢުމުރަކީ 10 އަހަރެވެ. ދެބެއިން ގެންގުޅުނީ މަންމައެވެ. އެކަމަކު އެކަން ދެމިއޮންނަ ގޮތެއް ނުވިއެވެ. ކުޑަދުވަސްކޮޅެއް ފާއިތުވިތަނާ މަންމަ ދެވަނަ ކައިކޮށްފިއެވެ. ކައިވެނިކުރުމަށްފަހު ބުނީ ދެބެއިން ބައްޕަގެ ގާތަށް ދިއުމަށެވެ. ދެބެއިން ތިބޭނަމަ ދޮންބައްޕަ ރުޅިއަންނާތީއެވެ.  

މަންމަ އެހެން ބުނި ނަމަވެސް ހީކުރީ ގެންގުޅޭނެ ކަމަށެވެ. އެކަމަކު އެކަން އެހެނެއް ނުވިއެވެ. މަޖުބޫރުކުރުމުން ދެބެއިން ގެއިން ނުކުމެގެން ބައްޕަގެ ގެއަށް ދިއައީއެވެ. ދާންޖެހުނީވެސް 2 ބެއިން އެކަންޏެވެ. ބައްޕަގެ ގެ ހުންނަނީ ވަރަށް ކައިރީގައިވީމާ ދާކަށް އުނދަގުލެއް ނުވިއެވެ.  

އެއިރު ބައްޕަވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. ކަންކަން މެދުވެރިވިގޮތް ކިޔައިދެވުނީ ރޮމުންނެވެ. ވާހަކަ ދައްކައި ނުނީމާ ވާހަކަ ދެއްކީ ދޮން މަންމައެވެ. ބުންޏެވެ. "ދެދަރިންނަށް މަރުޙަބާއެވެ! މިގޭގައި ތިބެވޭނެއެވެ. ހުރިހާ ޚިދުމަތެއްވެސް ލިބޭނެއެވެ. މައަކު ފަދައިން ބަލައިދޭނަމެވެ. ކޮށްދޭންވީ އެންމެ ކަމެކެވެ. އެކަމަކީ އަހުރެންނަކީ ދޮންމަންމަކަމަށްވީތީ ގޯސްކޮށް ކަންކަން ކުރާނެ ކަމަށް ޤަބޫލުނުކުރުމެވެ. ގޯސްކޮށް ކަމެއް ކުރަންދެން މަންމަ ކަމަށް ބަލައިގެން އުޅުމެވެ."  

ކުޑަނަމަވެސް ދޮންމަންމަ އެބުނި ވާހަކަ ވިސްނުނެވެ. ދެބެއިން އެކުގައި ގޮސް ދޮންމަންމަގެ އުނގަށްވަޏީމެވެ.  

މިއަދު އަޅުގަނޑުގެ ޢުމުރަކީ 30 އަހަރެވެ. ކޮއްކޮއަށް 28 އަހަރެވެ. ދެބެއިންވެސް މިތިބީ ކައިވެނިކޮށްގެންނެވެ. ދަރިންވެސް ލިބިފައެވެ. އޮފީހަށް ފޮނުވާފައި ދަރިންވެސް ބަލައިދެނީ ހަމަ ދޮންމަންމައެވެ. އިތުރަށް ބުނާނެއެއްޗެއް ނުވެސް ވިސްނެއެވެ.  

އަޅުގަނޑުމެން ދެބެއިންގެ ފަރާތުން މިވާހަކަކޮޅު މިއަދުނޫހަށް ޙިއްޞާ މިކުރީ ދޮންމަންމައިންގެ ގޯސް ވާހަކަތައް ގިނަ ބައަކު ދައްކާތީއެވެ. އެކަމުގެ ސަބަބެއްވެސް އޮންނާނެއެވެ. އެކަމަކު ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ދެބެއިންނަށް ތަޖުރިބާ ކުރެވިފައި މިވަނީ މަންމައަށްވުރެ ހެޔޮ ދޮންމަންމައިން ތިބޭކަމެވެ. އަނެއްކާވެސް ބުނެލަމެވެ. މިބުނީ ހުރިހާ މަންމައިންގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ މަންމަ ފަދަ މަންމައިންގެ ވާހަކައެވެ. 

މިއަދު އޮންލައިން