އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ތައުޒިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ރޭ މާލޭގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ޅަ ޒުވާނެއް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ ޢާއިލާއަށް ފުން ހިތާމަ ފާޅުކޮށް ތަޢުޒިޔާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ވަނީ މަރުޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން