އައު މަސް މާރުކޭޓާ ލޯކަލް މާރުކޭޓު ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ދެނެގަނެ، އެކަމަށް ޙައްލު ހޯދުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އައު މަސް މާރުކޭޓާ ލޯކަލް މާރުކޭޓު ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ދެނެގަނެ، އެކަމަށް ޙައްލު ހޯދުމަށް މަޝްވަރާކޮށްފި

މާލެ ސިޓީގެ އައު މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ އިތުރުން ވުޒާރާއާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު އެއް އިމާރާތެއްގައި ހިންގުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން އައު މަސް މާރުކޭޓު އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ ވަޅޯމަސް މާރުކޭޓު ހުންނަ ބިމުގައި ކަމަށާއި، އެ ބިން ވަނީ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައިވެއެވެ.

ބައްދަލުވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މާރުކޭޓުގެ މަސައްކަތް ލަސްވަމުންދާތީ އެކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ލިޔެކިޔުންތަކާއި މިހާތަނަށް ހަދާފައިވާ އެގްރިމެންޓްތައް މުރާޖަޢާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސައްކަތް ލަސްވަމުންދާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަސްކުރުމަށް ކުރެވެން ހުރި ކަންކަން ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން