ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގީ މިރޭ މާމިގިލީ ސަރަހައްދުގައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިންގެ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން މިރޭ 7:00 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ކުއްޖާ ގެއްލުނު ކަން އެނގުމާއެކު، ފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް، ކުއްޖާ ފެނުނުއިރު ވަނީ ނިޔާވެފައެވެ.

"ކުއްޖާ ފެނުނީ މާމިގިލީ ބޭރު މޫދުން. ކުއްޖާ ވަގުތުން ޞިއްޙީ މަރުކަޒަށް ގެންދެވުނު. ނަމަވެސް އޭރު ވެސް ކުއްޖާ ވަނީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދެއްވާފައި،" ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގު ކުރިއަށް ގެންދަވަމުންނެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން