ގެދޮރުވެރިކަމުގެ ޤާނޫނާއެކު، އޮޅުވާލައިގެން މަޢުލޫމާތު ހުށަހެޅުމުގެ މައްސަލައަށް ހައްލު ލިބޭނެ: މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގެދޮރުވެރިކަމުގެ ޤާނޫނާއެކު، އޮޅުވާލައިގެން މަޢުލޫމާތު ހުށަހެޅުމުގެ މައްސަލައަށް ހައްލު ލިބޭނެ: މުއްޠަލިބް

ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އޮޅުވާލައިގެން މަޢުލޫމާތު ހުށައަޅާ މައްސަލައަށް، މިހާރު މަޖިލީހަށް ހުށައަޅާފައިވާ ގެދޮރުވެރިކަމުގެ ޤާނޫނާއެކު ބޮޑު ޙައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެންމެ ފަހުން ކުރިއަށްގެންދިޔަ 4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގައިވެސް ގިނަ ބަޔަކު އޮޅުވާލައިގެން މަޢުލޫމާތު ހުށައަޅާފައިވާކަން އޭސީސީންނާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ރިވިއުތަކުން ވަނީ ހާމަވެފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ހައުސިންގ މަޝްރޫޢުތަކަށް މަޢުލޫމާތު ހުށައެޅުމުގައި، ގިނަ ޕޮއިންޓް ހޯދުމުގެ ނިޔަތުގައި އޮޅުވާލައިގެން ވަރަށް ގިނަ ފަރާތްތަކުން މަޢުލޫމާތު ހުށައަޅާކަން ފާހަގަކުރެވެއެވެ. "ފޯމުގައި މާކްސް ގިނައިން ލިބޭނީ ކިހިނެތް ލިޔުނީމަކަން އިނގޭ މީހާ، އެމީހުން މިހުންނަނީ ގިނަ މާސްކް ލިބޭގޮތަށް އޮޅުވާލައިގެން މަޢުލޫމާތު ހިމަނާފަ" ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައިގެ ސަބަބުން، ސައްޙަ މަޢުލޫމާތު ހިމަނާ އަދި ގެދޮރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ފުރުޞަތު ގެއްލޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ދެރަ މައްސަލައެއްކަމަށާއި، މިހާރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ގެދޮރުވެރިކަމުގެ ޤާނޫނުގެ ދަށުން މިކަމަށް ޙައްލު ހޯދުމަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ޤާނޫނެއްގެ ތެރެއިން ޙައްލުކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރާތީ ގެދޮރުވެރިކަމުގެ ބިލު ހުށައެޅީ. އޭރުން ގެދޮރު ދިނުމަށް ޕޮއިންޓްދިނުމުގެ ރަނގަޅު ނިޒާމެއް ޤައުމުކުރެވޭނެ" ކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

މިއަދު އޮންލައިން