މާސްޓަރ ޑެންޓަލް ކެއަރއިން އިސްރަށްވެހިންނަށް ދަތުގެ ސާފުތާހިރުކަމާއި ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާސްޓަރ ޑެންޓަލް ކެއަރއިން އިސްރަށްވެހިންނަށް ދަތުގެ ސާފުތާހިރުކަމާއި ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީއާއި މާސްޓަރ ޑެންޓަލް ކެއަރ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް ދަތާއި އަނގައިގެ ސާފުތާހިރުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަނުގައި އިސްރަށްވެހިންގެ ނާދީގެ 28 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ސެޝަނުގައި ވަނީ އަސްރަށްވެހިންނަށް ދަތް ސާފުކުރާނެ ގޮތާއި، ދަތް ސާފުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި، ޤަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމުގެ މުޙިންމުކަމާއި، ޚާއްސަކޮށް ދޮށީ އުމުރުގައި ދަތުގެ ސިއްޙަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަމުގެ އިތުރުން ޑެންޓަލް ފްލޮސް ފަދަ ތަކެތި ބޭނުންކޮށްގެން ދަތް ސާފުކޮށް ބަހައްޓާނެ ގޮތްތައްކާއި ގުޅޭ މުހިންމު މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން