މި ސަރުކާރުން އަޅާ 4 އައިސްޕްލާންޓް މިއަހަރުގެ ތެރޭގައި އޮޕަރޭޝަންއަށް ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މި ސަރުކާރުން އަޅާ 4 އައިސްޕްލާންޓް މިއަހަރުގެ ތެރޭގައި އޮޕަރޭޝަންއަށް ގެންނަނީ

މި ސަރުކާރުން އަޅާ 4 އައިސްޕްލާންޓެއް މިއަހަރުގެ ތެރޭގައި އޮޕަރޭޝަންއަށް ގެންނާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މި އައިސްޕްލާންޓްތަކަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ފެންވަރުގެ ޕްލާންޓްތަކެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ދ. މީދޫގައި އަޅަމުންދާ އައިސްޕްލާންޓްގެ ސިވިލް މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އަންނަ މަހުގެ ތެރޭގައި މި އައިސްޕްލާންޓް ބޭނުންކުރަން ފެށޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ށ. ފުނަދޫގައި އަޅަމުންދާ އައިސްޕްލާންޓްގެ ސިވިލް މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. މި އައިސްޕްލާންޓް ސެޕްޓެމްބަރ މަހުގެ ތެރޭގައި އޮޕަރޭޝަނަލް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ދ. ބަނޑިދޫގައި އަޅަމުންދާ އައިސްޕްލާންޓްގެ ސިވިލް މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، އެ އައިސްޕްލާންޓް އޮކްޓޯބަރ މަހުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެއެވެ.

މ. ވޭވަށުގައި އަޅަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ އެއްބަސްވުމުގައި މި މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި އައިސްޕްލާންޓްގެ މަސައްކަތްވެސް މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ނިމި، އޮޕަރޭޝަނަލް ކުރެވޭނެއެވެ.

މި އައިސްޕްލާންޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. މި އައިސްޕްލާންޓްތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މިއަދު އޮންލައިން