މަހިބަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މަހިބަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

އަރިއަތޮޅު ދެކުނުބުރީގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތް މަހިބަދޫގެ ކުންފުންޏެއް ކަމަށްވާ މެޓްސްއާ މިއަދު ހަވާލުކޮށްފިއެވެ.

އދ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަސީރު ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، އެ އަތޮޅުގައި އިމިގްރޭޝަން އޮފީސް ޤާއިމްކުރާނީ މަހިބަދޫގައެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު އަތޮޅު ކައުންސިލްގައި ބޭއްވުނެވެ. މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ ނަސީރެވެ. އަދި މެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިފަރާތް ޢަލީ ރިޒާއެވެ.

އެއްބަސްވުމުގެ ދަށުން، މި މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރަންޖެހޭނީ 1 މަސްދުވަހުގެ ތެރޭގައެވެ. މި އޮފީސް ޤާއިމްކުރުމުން އދ. އަތޮޅުގެ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން