ލޫޠު ނިޔާވި ޙާދިސާއާ ގުޅިގެން އާއިލާއަށް ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ލޫޠު ނިޔާވި ޙާދިސާއާ ގުޅިގެން އާއިލާއަށް ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

މޫދަށް ގޮސް އުޅެނިކޮށް 15 އަހަރުގެ ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުއްޖާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އދ. މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ލޫޠު ބިން އަޙްމަދެވެ. މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއް" ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމް ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެ ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ކުއްޖާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވައި، އެ ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކޮށްފައެވެ.

މިއަދު އޮންލައިން