މޯލްޑިވިއަންއިން ސްކޫލް ބަންދާއި ދިމާކޮށް ރާއްޖެއާއި އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މޯލްޑިވިއަންއިން ސްކޫލް ބަންދާއި ދިމާކޮށް ރާއްޖެއާއި އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ސްކޫލް ބަންދާއި ދިމާކޮށް ރާއްޖޭގެ އެތެރޭގެ މަންޒިލްތަކާއި އިންޑިއާގެ ދެ ސިޓީއަކަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. މި ދަތުރުތައް އިތުރުކުރަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ.

މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވިގޮތުގައި މި ދަތުރުތައް އިތުރުކުރަނީ ސްކޫލް ބަންދާ ދިމާކޮށް އިތުރުވާ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މިގޮތުން ރާއްޖޭގެ 16 ރަށަކަށާއި އިންޑިއާގެ ދެ ސިޓީއަކަށް އިތުރު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެތެރޭގެ ދަތުރުތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ގަން، ކާޑެއްދޫ، ކައްދޫ، ހަނިމާދޫ، މާފަރު، ހޯރަފުށި، ކޫއްޑޫ، އިފުރު، ތިމަރަފުށި، ދަރަވަންދޫ، ފުނަދޫ، މާވަރުލު އަދި ފަރެސްމާތޮޑާ ހިމެނެއެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް އިތުރު ދަތުރުތައް ހަމަޖެހިފައިވެއެވެ.

މޯލްޑިވިއަންއިން ވިދާޅުވިގޮތުގައި މި ދަތުރުތައް އިތުރުކުރަނީ ސްކޫލް ބަންދާ ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން އިތުރުވާތީއެވެ. އަދި މީގެ ކުރިންވެސް އެހެން ބަންދުތަކާ ދިމާކޮށް މިފަދަ އިތުރު ދަތުރުތައް ބާއްވަމުން އަންނަކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ސްކޫލް ބަންދުގައިވެސް މޯލްޑިވިއަންއިން މިފަދަ އިތުރު ދަތުރުތައް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން