މާފަރު އެއަރޕޯޓަށް ގެނައި ތަރައްޤީއާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާފަރު އެއަރޕޯޓަށް ގެނައި ތަރައްޤީއާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު ސައީދު

މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުވެގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.  

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ނ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ތަރައްޤީވެފައިވާ އަތޮޅެއްކަމަށެވެ. އެގޮތުން ނ. އަތޮޅުގައި މަތީފަންތީގެ ރިސޯޓްތައް ހިމެނޭގޮތައް 2500 އެއްހައި އެނދު އޮޕަރޭޓްކުރަމުން އަންނަކަމަށެވެ. މި އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރިސޯޓްތަކާއި، ގެސްޓްހައުސްތައް އަދި އިޤްޞާދީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. ދެވަނަ ފިޔަވަހި ހިމެނޭހެން އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ނިންމާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން