ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. އަބޫދާބީ ފަންޑުގެ އެހީގައި ތަރައްޤީ ކުރެވުނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމި، އެއާރޕޯޓު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
މި ރަސްމިޔާތުގައި ވަޒީރު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ދަތުރުގައި ބޮޑު ބަދަލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ވިޝަން 2040 އާއި އިޤްތިޞާދީ ތަރައްޤީގެ ފުޅާ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން، މި އިސްތިރާތީޖީ މަޝްރޫޢުން އިންފްރާސްޓްރަކްޗަރގެ ޤާބިލުކަން އިތުރުކޮށް، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން ހޯދައި، ފަތުރުވެރިކަމާއި ބައިނަލްއަޤްވާމީ އިންވެސްޓްމަންޓަށް ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެގެން ދިއުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު