11 ވަނަ ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025 ގައި ބައިވެރިވުމުގެ ފުރުޞަތު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ހުޅުވާލައިފިއެވެ. ތުރުކީގެ އިސްތާންބުލްގައި ނޮވެމްބަރު މަހުގެ 26 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެވިއްކުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ވަނީ ހުޅުވާލާފައެވެ.
މި އެކްސްޕޯގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ، ދިވެހިރާއްޖޭގައި އުފައްދާ ހަލާލް އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް، މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މިއީ ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އެކްސްޕޯއަކީ ހަލާލް ސިނާއަތުގެ ދުނިޔޭގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށް ވެފައި، މިތަނުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމާއި، އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބިވަޑައިގަންނަވާނެއެވެ. މި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގެންނަވާނެއެވެ.
https://gazette.gov.mv/iulaan/349411
ހަބަރު: ސަރުކާރު