މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައްދީ ނިންމާނެ: ތަޢުލީމީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައްދީ ނިންމާނެ: ތަޢުލީމީ ވުޒާރާ

މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައްދީ ނިންމާނެކަމަށް ތަޢުލީމީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތަޢުލީމީ ވުޒާރާގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު ޢަލީ ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ދިރާސީ އަހަރަށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ލަފާކުރެވެއެވެ. އަދި ގްރޭޑް އެކަކަށް 2000 އަށްވުރެ ގިނަ ދަރިވަރުންނާއި އެލްކޭޖީއަށް 1800 އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއްވެސް ދަރިވަރަކު ބާކީނުކޮށް ދަރިވަރުން ދިރިއުޅޭ ސަރަޙައްދުގެ ސްކޫލްތަކަށް އުޞޫލްގެ ތެރެއިން ޖާގަ ލިބޭނެ،" ޢަބްދުލް ވަލިއްޔު ވިދާޅުވިއެވެ.

ސްކޫލްތަކަށް ވެއްދުމަށް އެދި މިހާރުވެސް ގިނަ އެޕްލިކޭޝަންތަކެއް ލިބެމުންދާ ކަމަށާއި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައް ދަރިވަރުންނަށް ދިނުމަށްފަހު ބެލެނިވެރިންނަށް އަންގާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އަދި ސްކޫލަށް ދިއުމުގެ ކުރިން ބެލެނިވެރިންނާއި ދަރިވަރުންނަށް އޮރިއެންޓޭޝަނެއް ދޭނެ ކަމަށާއި، މިހާ ކުރިން މި މަސައްކަތް ފަށަނީ އެންމެންނަށްވެސް ފަސޭހައިން ދަރިވަރުން ސްކޫލަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށްވެސް ޢަބްދުލް ވަލިއްޔު ވިދާޅުވިއެވެ.

މިއަދު އޮންލައިން