2 ރަށެއްގައި ބާއްވާ އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
2 ރަށެއްގައި ބާއްވާ އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފިއެވެ.

މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

-  ކ. ހުރާ : 22 އޮގަސްޓް 2025

-  ށ. ފުނަދޫ : 29 އޮގަސްޓް 2025

ރަޖިސްޓްރޭޝަން ހުޅުވޭ ދުވަސް: 17 ޖުލައި 2025

ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 30 ޖުލައި 2025، 23:59

ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމް ( ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރާލާ

ކޮންމެ މަސް ރޭހެއްގައިވެސް މުޅިއަކު 80,000+ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި

ޗެމްޕިއަން ޓީމް: 25000ރ

ދެވަނަ ޓީމް: 10000ރ

ތިންވަނަ ޓީމް: 5000ރ

އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދެވިގެން ދާނެއެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.  

އުރީދޫ މަސްރޭސް 2025 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން: http://ore.do/masrace2025 

މިއަދު އޮންލައިން