ނެއްލައިދޫ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ނެއްލައިދޫ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހދ. ނެއްލައިދޫ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ނެއްލައިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި ވުޒާރާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލަށް ދިމާވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ހިއްސާ ކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން