މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ބާއްވައިފި، މަޢުޟޫޢުއަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް"

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ބާއްވައިފި، މަޢުޟޫޢުއަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް"

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'މަވައްދަތު' ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ.

މި ފޯރަމްގައި އަލިއަޅުވާލާފައިވަނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މަޢޫޟޫއަށެވެ. މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް، އައްޝައިޚް ޢަބްދުލްޤާދިރު އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ސިލްސިލާގެ ހަތަރު ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއަށެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން