ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މި ވަގުތު ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވީނަމަވެސް ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަމްބަރަށް ގުޅޭނެ ކަމަށެވެ.
އަދި ހެލްޕްލައިނަށް ދިމާވީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެ ނަމްބަރުގެ ޚިދުމަތް އަލުން އިއާދަކުރެވުނުހާ އަވަހަކަށް އެކަން އަންގާނެ ކަމަށެވެ.
ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙު ކޮށް ޚިދުމަތް ފެށިފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.
ހަބަރު: ސަރުކާރު