ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމާއިގުޅިގެން ރައީސްގެ ތަޢުޒިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމާއިގުޅިގެން ރައީސްގެ ތަޢުޒިޔާ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މަރުޙޫމް ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ. ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޤަދަރުވެރި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި އަދި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓެވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.

މިއަދު އޮންލައިން