މިއަހަރުގެ މިހާތަނަށް ސްޓޫޑަންޓް ލޯނުގެ ގޮތުގަ 282 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މިއަހަރުގެ މިހާތަނަށް ސްޓޫޑަންޓް ލޯނުގެ ގޮތުގަ 282 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި!

މިދިއަ އަަހރުން ފެށިގެން މިސަރުކާރުން މިހާތަނަށް ސްޓޫޑަންޓް ލޯނު ސްކީމްތަކުގެ ދަށުން، ޖުމްލަ 982،739،621.43 ރުފިޔާ  ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށާއި  މިއަހަރުގެ މިހައިތަނަށް ޖުމްލަ 282،369،322.43 ރުފިޔާ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ދޫކުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިޢަދަދަށް ބަލާއިރު މިސަރުކާރުގެ ފުރަތަމަ އަހަރު ދޫކުރެވުނު ޖުމްލަ ޢަދަކީ 700،370،299 ރުފިޔާއެވެ. 

މިހާތަނަށް ސްޓޫޑަންޓް ލޯނު ސްކީމްތަކުގެ ދަށުން، 1،151 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، ޖުމްލަ 863 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލައިލާއިރު، މި ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 247 ދަރިވަރުންނަށް ވަނީ މަތީ ތަޢުލީމު ހާޞިލުކުރުމަށް ލޯނު ދޫކުރެވިފައެވެ. މި ވަގުތު ސްޓޫޑަންޓް ލޯން ސްކީމްތަކުގެ ދަށުން މުޅި ޖުމްލަ 1،642 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރެއިން، 978 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އަދި 664 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.

 

މިއަދު އޮންލައިން